info@villacollege.edu.mv +960 332 8989
Bachelor of Teaching Islamic Studies

އިސްލާމް ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވާ މުދައްރިސުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މި ދާއިރާގައި ގިނަ ދުވަހު ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅުން ކަމުގައި ވީނަމަވެސް އެކިއެކި ސަބަބު ތަކާ ހުރެ މިދާއިރާއިން މަތީ ތަޢުލީމަށް ވާސިލުވުމުގެ ފުރުޞަތު އެދެވޭ ގޮތެއްގައި ލިބިވަޑައިގެންފައިވާ ބޭފުޅުންނެއް ނޫނެވެ. ބެޗްލަރ އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް ޕްރޮގްރާމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި، ކަރިކިއުލަމާއި ޕެޑަގޮޖީއަށް އަންނަ ބަދަލުތަކާ އެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންނަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ފުރިހަމަކޮށްދިނުމަށް އިސްލާމް މުދައްރިސުން ތައްޔާރު ކުރުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން، ޤައުމީ މަންހަޖުގައި ފާހަގަކުރައްވާފައިވާ ލަ ނޑު ދަ ނޑިތައް ޙާޞިލު ކުރުމަށްޓަކައި އިސްލާމް ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު ލިބިދިނުން އެއީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ. މި ޕްރޮގްރާމުގައި އިސްލާމީ ޝަރީޢާއާއި ތާރީޚުގެ ތަފާތު ބައިތައް ވަރަށް ފުންކޮށް ހިމެނިފައި ވާނެއެވެ. އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ހުނަރުތަކާއި، ކަރިކިއުލަމާއި އެސެސްމަންޓު ގެންދާނޭގޮތް ހިމެނިފައިވާނެއެވެ

Register Now
MVR 3,750 per month x 36 months
Bachelor of Teaching Islamic Studies
MVR 3,750 per month x 36 months
Register Now
Duration
3-years
Programme Level
Undergraduate Programmes
MNQF Level: Certificate Level 1 (1)
Awarding Body
Villa College
Intakes
January / May / September
Study Mode
Face To Face
Code
BTIS
Entry Requirement

General Entry Criteria

  • 2 passes in A Level/HSC (At GCE A/L, a pass is considered E and above. HSC pass is considered C and above. OR

  • Attainment of a Level 4 qualification in a related field OR

  • Attainment of a Level 4 Foundation Study Programme approved for the specific Diploma programme

Programme Fees

MVR 3,750 per month x 36 months

Leaning Outcomes

ޕްރޮގްރާމުގެ މަޤްޞަދުތައް

ކާމިޔާބު ކަމާއެކު މިކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ތިރީގައި ބަޔާންކުރާ ކަންކަން ޙާޞިލު ވާނެއެވެ.

އިސްލާމް  މުދައްރިސެއްގެ ގޮތުން ހަރަކާތްތެރި ވުމަށް ބޭނުންވާނޭ މިންވަރަށް މާއްދާ އޮޅުން ފިލާފައި ވުމާއިއެކު، ކިޔަވައި ދިނުމަށް ބޭނުންވާ ޕެޑަގޮޖިކަލް ނޮލެޖާއި ހުނަރު ލިބުން؛

ކިޔަވައި ދިނުމާއި ގުޅޭ މުހިއްމު ތިއަރީތައް އޮޅުން ފިލާފައި ވުމާއެކު މި ތިއަރީތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ މާހައުލު ބައްޓަން ކުރާނޭ ގޮތާއި ކިޔަވައިދިނުން ކުރިއަށްގެންދާނޭގޮތް ދަސްވުން ؛

21ވަނަ ގަރުނުގެ ވަސީލަތްތަކުގެ އެހީގައި ފިލާވަޅުތައް ރާވައި އިސްލާމް ދީން ކިޔަވައިދިނުމުގެ ޤާބިލްކަން ހުރުން؛

ޤައުމީ މަންހަޖުގެ މަޤްޞަދުތައް ޙާޞިލު ކޮށް 21 ވަނަޤަރުނަށް ބޭނުންވާނޭ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނޭ ގޮތަށް މާއްދާގެ ކިޔަވައިދިނުން ރޭވުމާއި، މެޓީރިއަލް ތައްޔާރު ކުރުމާއި، ކިޔަވައިދިނުން ބައްޓަންކުރަން އެނގުން؛

އައި.ސީ.ޓީގެ އެހީގައި އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭނުންވާނޭ ހުނަރާއި ޤާބިލިއްޔަތު ލިބުން؛

ތަފާތު އެކިފެންވަރުގެ ކުދިންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި އެ ދަރިވަރުންގެ ބޭނުންތަކަށް ސަމާލުކަން ދިނުމާއެކު، އެ ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގެ ހުނަރާއި ޕްރޮފެޝަނަލް ޤާބިލިއްޔަތު ލިބުން؛

ޤައުމީ މަންހަޖުގައި ކަނޑައެޅިގައިވާ ލަނޑުދަނޑިތައް ދެނެގަނެ، މާއްދާގެ މަޤްޞަދު ތަކާއި، ސަކްސެސް ކްރައިޓީރިއާ ތަކަށް ރިއާޔަތްކޮށް އެސެސްމެންޓް ކޮމްޕޯނަންޓްތައް ފަރުމާކޮށް، ކުރިއަށް ގެންދަން އެނގުން؛

ކިޔަވައިދިނުމުގައި ރިފްލެކްޓިވް ޕްރެކްޓިސް ބޭނުންކުރުމާއެކު އަމިއްލަ ޕްރޮފެޝަނަލް ކުރިއެރުމަށް މަސައްކަތް ކުރުން؛

އެހެން މީހުނާއި ގުޅިގެން ޒިންމާދާރުކަމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށްދިޔުމުގެ ގާބިލްކަންލިބުން.

© 2007 - 2025 Villa College
All rights reserved
Villa College began its historic journey on the 28th of January 2007, with the registration of its first institute, Villa Institute of Water Sports followed by the Villa Institute of Information Technology (VIIT) and Villa Institute of Hospitality and Tourism Studies.
Villa College QI Campus
Villa College Address
Your use of this site is subject to Terms of User