އިސްލާމް ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވާ މުދައްރިސުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މި ދާއިރާގައި ގިނަ ދުވަހު ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅުންކަމުގައި ވީނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ މިދާއިރާއިން މަތީ ތަޢުލީމަށް ވާސިލުވުމުގެ ފުރުޞަތު އެދެވޭ ގޮތެއްގައި ލިބިވަޑައިގެންފައިވާ ބޭފުޅުންނެއްނޫނެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ އެފަދަ ފަރާތްތަކަށް ކުރިއަށް ދެވޭނެ މަގެއް ފަހިކޮށް ދިނުމެވެ އަދި ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި، ކަރިކިއުލަމާއި ޕެޑަގޮޖީއައް އަންނަ ބަދަލުތަކާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންނަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ދިނުމެވެ. މިގޮތުން، ޤައުމީ މަންހަޖުގައި ފާހަގަ ކުރައްވައިފައިވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމައްޓަކައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު އުފެއްދުން އެއީ މި ކޯހުގެ މައިގަނޑު އަމާޒެވެ.